މަގޭ ވެށި
ވަޔާއި ވިއްސާރައާއި ގުޅުންހުރި ބައެއް ދުޢާ
ވައިގަދަވާހިނދު ކިޔާ ދުޢާ
‏”‏ اللَّهُمَّ إِنِّي أَسْأَلُكَ خَيْرَهَا وَخَيْرَ مَا فِيهَا وَخَيْرَ مَا أُرْسِلَتْ بِهِ وَأَعُوذُ بِكَ مِنْ شَرِّهَا وَشَرِّ مَا فِيهَا وَشَرِّ مَا أُرْسِلَتْ بِهِ ‏”  (رواه مسلم)”އޭ ހައްދަވައިބޮޑުކުރެއްވި އިލާހް! އެވައިގެ ހެޔޮކަމާއި، އެވައިގާވާ ހެޔޮކަމާއި، އެއެއްޗެއްގެ ޒަރިއްޔާއިން އެވައި ފޮނުއްވުނު އެއްޗެއްގެ ހެޔޮކަމަށް އެދި އިބައިލާހުގެ ޙަޟްރަތުގައި މިއަޅާއެދި ދަންނަވަމެވެ. އަދި އެވައިގެ ނުބައިކަމާއި، އެވައިގައިވާ ނުބައިކަމާއި، އެއެއްޗެއްގެ ޒަރިއްޔާއިން އެވައި ފޮނުއްވުނު އެއްޗެއްގެ ނުބައިކަމުން އިބަ ﷲގެ ޙަޟްރަތުން ރައްކާތެރިކަން އެދެމެވެ.”
ވާރޭ ވެއްސެވުމަށްއެދި ކުރެވިދާނެ ދުޢާއެއް
“اللّهُمَّ أغِثْنـا، اللّهُمَّ أغِثْنـا، اللّهُمَّ أغِثْنـا” (رواه البخاري و مسلم)”އޭ ހައްދަވައިބޮޑުކުރެއްވި އިލާހް! އަޅަމެންނަށް ވާރޭ ވެއްސަވާނދޭވެ! އޭ ހައްދަވައިބޮޑުކުރެއްވި އިލާހް! އަޅަމެންނަށް ވާރޭ ވެއްސަވާނދޭވެ! އޭ ހައްދަވައިބޮޑުކުރެއްވި އިލާހް! އަޅަމެންނަށް ވާރޭ ވެއްސަވާނދޭވެ!”ވާރޭ ވެހޭހިނދު ކިޔާ ދުޢާ“اللّهُمَّ صَيِّـباً نافِـعاً” (رواه البخاري)

“އޭ ހައްދަވައިބޮޑުކުރެއްވި އިލާހް! (މިވާރެއަކީ) ފައިދާހުރި ވާރެއެއްކަމުގައި ލައްވާނދޭވެ!”

ގުގުރީގެ އަޑު އިވޭހިނދު ކިޔާ ދުޢާ

“سُبْـحانَ الّذي يُسَبِّـحُ الـرَّعْدُ بِحَمْـدِهِ، وَالملائِكـةُ مِنْ خيـفَتِهِ” (أخرجه مالك في الموطأ)

“ގުގުރި އެފަރާތަކަށް ޙަމްދާއިއެކު ތަސްބީޙަކިޔާ ފަރާތް އަދި މަލާއިކަތުން އެފަރާތަކަށް ބިރުވެތިކަމާއެކު ތަސްބީޙަކިޔާ ފަރާތުގެ ހުސްޠާހިރުވަންތަކަމާއެވެ.”

ވިއްސާރަ ގަދަވުމުން އުޑުމަތި ސާފުކޮށްދެއްވުމަށް އެދި ކިޔާ ދުޢާ

“اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا، اللَّهُمَّ عَلَى الآكَامِ وَالظِّرَابِ وَبُطُونِ الأَوْدِيَةِ وَمَنَابِتِ الشَّجَرِ” (رواه البخاري و مسلم)

“އޭ ހައްދަވައިބޮޑުކުރެއްވި އިލާހް! އަޅަމެންގެ ވަށައިގެންވާ ތަންތަނަށް ވެއްސަވާނދޭވެ! އަދި (މިވަގުތު) އަޅަމެންގެ މައްޗަށް ނުވެއްސަވާނދޭވެ! އޭ ހައްދަވައިބޮޑުކުރެއްވި އިލާހް! އުސްބިންތަކަށާއި ފަރުބަދަތަކަށާއި ވާދީތަކުގައި މެދަށާއި ގަސްފަޅާފައިވާ ތަންތަނަށް ވެއްސަވާނދޭވެ!”

ވާރޭވެހި ނިމުމުން ކިޔާ ދުޢާ

“مُطِرْنَا بِفَضْلِ اللَّهِ وَرَحْمَتِهِ” (رواه البخاري و مسلم)

“ﷲގެ ފަޟްލުވަންތަވެރިކަމާއި އެއިލާހުގެ ރަޙުމަތުން އަޅަމެންގެ މައްޗަށް ވާރޭވެހިއްޖެއެވެ.”

 

0