ދީން
މާތްﷲގެ ރިވެތި ސިފަފުޅުތަކުން ”އަލިވިލުމެއް”

އަލްއަޢުރާފް ސޫރަތުގެ 180ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

وَلِلّهِ الأَسْمَاء الْحُسْنَى فَادْعُوهُ بِهَا

މާނައީ: “އަދި އެންމެ ރިވެތި އިސްމުފުޅުތައް ލިބިވޮޑިގެންވަނީ الله އަށެވެ. ފަހެ ތިޔަބައި މީހުން އެއިސްމުފުޅުތަކުން އެކަލާނގެއަށް ދުޢާކުރާށެވެ.”

މާތް ﷲގެ އިސްމުފުޅުތަކުން އެކަލާނގެއަށް ދެންނެވުމަށް ޤުރުއާނުގައި ވަޙީކުރައްވާފައިވާއިރު، އެކަން އެގޮތަށް ކުރެވެނީ ވަރަށް މަދުބަޔަކަށެވެ. މިހެން މިދިމާވާނީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބޭފުޅުންނަށް އެ އިސްމުފުޅުތަކުގެ މާނަ ނޭނގޭތީއެވެ. މި ލިޔުމުގައި އަލިއަޅުވައިލެވިފައިވާނީ މާތްﷲގެ ބައެއް އިސްމުފުޅުތަކަށާއި އެ އިސްމުފުޅުތަކުން އެކަލާނގެ ކިބައިން ވާތްގަށް އެދެވިދާނެ ގޮތްތަކަށެވެ.

މި ގޮތުން މިލޔުމުގައި ގެނެސްދީފައިވާ އިސްމުފުޅުތައް ގިންތިކޮށްފައިވާނީ އެއް މަފްހޫމެއް ދޭހަވާ އިސްމުފުޅުތައް އެކުއެކީގައި ގެނެސްދޭގޮތަށެވެ.

 

އެކަލާނގެ ތަނަވަސް ރަޙްމަތަށް ދަލާލަތުކޮށްދޭ އިސްމުފުޅުތައް

الرحمن

الرحمن އަކީ އެންމެހައި މަޚްލޫޤުންގެ މައްޗަށް އެފަރާތެއްގެ ރަޙްމަތް ތަނަވަސް ވެގެންވާ ފަރާތެވެ.

الرحيم

މި އިސްމު ފުޅު ނިސްބަތްވަނީ، އެއިލާހު އިރާދަ ކުރައްވާ އަޅަކަށް ލައްވާ ރަޙުމަތަށެވެ. އެއީ މުއުމިނުންނަށް އާޚިރަތް ދުވަހުން ﷲ سبحانه وتعالى ލައްވާ ޚާއްޞަ ރަޙްމަތެވެ.

އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. يُعَذِّبُ مَنْ يَشَاءُ وَيَرْحَمُ مَنْ يَشَاءُ وَإِلَيْهِ تُقْلَبُونَ “އެކަލާނގެ އިރާދަކުރައްވާ އަޅަކަށް عذاب ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ އަޅަކަށް رحمة ލައްވަތެވެ. އަދި ތިޔަބައިމީހުން (قيامة ދުވަހުން) އެނބުރިދާހުށީ އެކަލާނގެ حضرة އަށެވެ.” (سورة العنكبوت، الآية: 21) އަދިވެސް އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. وَكَانَ بِالْمُؤْمِنِيْنَ رَحِيْمًا “އަދި مؤمن ންނަށް رحيم ވަންތަ ކަލަކު ކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.” (سورة الأحزاب، الآية: 34)

أرحم الراحمين

فَاللَّـهُ خَيْرٌ حَافِظًا ۖ وَهُوَ أَرْحَمُ الرَّاحِمِينَ ﴿٦٤

ފަހެ، اللَّه އީ، ރައްކާތެރިކުރައްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ رحمة ލައްވާ، އެންމެ رحمة ވަންތަ ރަސްކަލާނގެއެވެ.

ސޫރަތު ޔޫސުފު 64 ވަނަ އާޔަތް

 

( ورحمتي وسعت كل شيء) الأعراف / 156

އަދި ތިމަންރަސްކަލާނގެ رحمة ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ.

 

وَهُوَ الْغَفُورُ الْوَدُودُ ﴿١٤

އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ.

 

وعن عمر بن الخطاب رضي الله عنه أنه قال : (قدم على رسول الله صلى الله عليه وسلم بسبي ، فإذا امرأة من السبي تبتغي ، إذا وجدت صبيا في السبي ، أخذته فألصقته ببطنها وأرضعته ، فقال لنا رسول الله صلى الله عليه وسلم : أترون هذه المرأة طارحة ولدها في النار ؟ ، قلنا : لا ، والله ! وهي تقدر على أن لا تطرحه، فقال رسول الله صلى الله عليه وسلم : لله أرحم بعباده من هذه بولدها ) متفق عليه ، البخاري (5653)

ޢުމަރުގެފާނު ރިވާކުރައްވައިފައިވެއެވެ. “އެއްފަހަރަކު ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އަސީރުންތަކެއް ގެނެވުނެވެ. އެ އަސީރުންތަކުގެ ތެރޭގައި ދަރިޔެއް ގެއްލިގެން ހޯދާ އަންހެނަކު ވިއެވެ. އެ އަންހެނާގެ ތުއްތު ދަރިފުޅު އަސީރުންތަކުގެ ތެރެއިން ފެނުނުއިރަށް އޮޅުލައިގަނެ، އެ ދަރިފުޅަށް ކިރުދޭންފެށިއެވެ. އެހިނދު ރަސޫލާ صلى الله عليه وسلم އަހަރެމެންނާއި މުޚާތަބުކޮށް ޙަދީޘްކުރެއްވިއެވެ. އެ އަންހެނާ އޭނަގެ ތުއްތު ދަރިފުޅު އަލިފާނަށް އެއްލާލާނެކަމަށް ތިބޭކަލުން  ހީކުރައްވަމުހެއްޔެވެ؟ ތިމަންމެން ބުނީމެވެ. ނޫނެކެވެ. އެ އަންހެނާއަށް ކުޅަދާނަވެގެންވާ ޙާލުގައި ކުޑަދަރިފުޅު އަލިފާނަކަށް އެއްލައެއްނުލާނެއެވެ. ދެން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ހަމަކަށަވަރުން މާތްﷲ އެކަލާނގެ އަޅުތަކުންގެ މައްޗަށް އެއަންހެނާ ކުޑަ ދަރިފުޅަށް އޯގާތެރިވާވަރަށްވުރެ ބޮޑަށް އޯގާވަންތަވެވޮޑިގެންވެއެވެ.”

އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އެކަލާނގެ ރަޙްމަތުން އުއްމީދު ކަނޑާނުލާ، އެކަލާނގެ ތިބާއާއި މެދު ރަނގަޅަށް ކަންތައްތައް ކުރައްވާނެކަމުގައި ޔަޤީންކުރުމެވެ.

އެކަލާނގެ ވަޙީކުރައްވައިފައިވެއެވެ.

وَلَا تَيْأَسُوا مِن رَّوْحِ اللَّـهِ ۖ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّـهِ إِلَّا الْقَوْمُ الْكَافِرُونَ ﴿٨٧

އަދި اللَّه ގެ رحمة ން ތިޔަބައިމީހުން اميد ކަނޑައިނުލާށެވެ! (ހަމަކަށަވަރުން، كافر ވިމީހުން މެނުވީ، اللَّه ގެ رحمة ން اميد ކަނޑައެއް ނުލާނެތެވެ.)

އިންސާނާ ކުރާ ކޮންމެ ހެޔޮކަމަކަށް ދިހައަކުން ފެށިގެން ހަތް ސަތޭކަ ގުނައާ ހަމައަށް އެކަލާނގެ ޖަޒާ ދެއްވަ އެވެ. އެކަމަކު ނުބައި ކަމަކަށް އެކަމެއްގެ މިންވަރުން މެނުވީ ޖަޒާ ނުދެއްވަ އެވެ. އަދި ކިއެއްތަ އެއްގޮތަކަށް ވެސް ޖަޒާ ނުދެއްވައި އަފޫ ކުރައްވަ އެވެ. އިންސާނަކު އެކަލާނގެއާ ގާތްވާން މަސައްކަތް ކުރާނަމަ އިންސާނާ ގާތްވާ މިންވަރަށް ވުރެ ބޮޑަށް އެކަލާނގެ އިންސާނާއާ ކުއްތަންވެ ވޮޑިގަންނަވަ އެވެ.

 

މުއުމިނުންގެ މަންހަޖަކީ އޯގާވަންތަ އިލާހުގެ ރަޙްމަތަށް އުއްމީދުކުރާޙާލު އެކަލާނގެ ޢަޒާބަށް ބިރުވެތިވުމެވެ.

އީމާންވާ މީހަކު ގަބޫލުކުރާ ގޮތުގައި މިކައުނުގައި ހިނގާ ހުރިހާ ކަމެއް ތަދުބީރު ކުރައްވަނީ އެންމެހާ މަޚްލޫޤުތަކުންގެ ވެރި ރައްބެވެ. އެކަލާނގެ އެއްވެސް ކަމަކަށް ނުކުޅެދުންތެރިވެވޮޑިގެން ނުވެއެވެ. އެކަލާނގެ ރަޙުމަތަކީ އޭގެ މިންވަރެއް ނެތް ރަޙުމަތެކެވެ.

ތިމާގެ އުޚުރަވީ އަދި ދުނިޔަވީ ޙަޔާތުގެ ބޭނުންތައް ފުއްދަވައިދެއްވުން އެދި އެންމެ އޯގާވަންތަ އިލާހަށް ފަރިޔާދުކުރުމުގައި އިސްވެ މިދެންނެވުނު އިސްމުފުޅުތައް ބޭނުންކުރައްވާށެވެ.

 

އެހީއާއި މަދަދުދެއްވުމުގައި އެކަލާނގެ ދެމިވޮޑިގެންވާކަން ދަލާލަތުކޮށްދޭ އިސްމުފުޅުތައް

 

އެހީއާއި މަދަދުދެއްވުމުގައި އެކަލާނގެ ދެމިވޮޑިގެންވާކަން އަންގައިދޭ ބައެއް ސިފަފުޅުތަކުގެ ތެރޭގައި المولى؛ النصير؛ المجيب ؛ النافع އަދި الفتاح ހިމެނެއެވެ.

المَوْلَى ގެ މާނައަކީ އެހީތެރިވެވޮޑިގެންވާ ކަލާނގެއެވެ.

النَّصِيرُ: ގެ މާނައަކީ ނަޞްރުދެއްވާ ކަލާނގެއެވެ.

المجيب : ގެ މާނައަކީ (دعاء) އިޖާބަކުރައްވާ ރަސްކަލާނގެއެވެ.

﴿ وَاعْتَصِمُوا بِاللهِ هُوَ مَوْلاكُمْ فَنِعْمَ المَوْلَى وَنِعْمَ النَّصِيرُ ﴾ (الحج: 78

އަދި ތިޔަބައިމީހުން اللَّه ގެ دين ގައި ގަދަޔަށް ހިފަހައްޓާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނަށް نصر ދެއްވާ، އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، އެހީތެރިވެވޮޑިގެންވާ ކަލާނގެ މޮޅުކަމާއެވެ! އަދި نصر ދެއްވާކަލާނގެ މޮޅުކަމާއެވެ!

وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ

އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ.

ސޫރަތުލް ޣާފިރު 60

 

أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاء الْأَرْضِ أَإِلَهٌ مَّعَ اللَّهِ قَلِيلاً مَّا تَذَكَّرُونَ “النمل 62 މާނަ: ” ނުވަތަ ދަތި އުނދަގޫ ޙާލެއް ޖެހިފައިވާ މީހާ، އެކަލާނގެއަށް ދުޢާ ކުރާހިނދު، އެމީހާގެ ދުޢާ އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ ޚަލީފާއިން ކަމުގައި ތިޔަބައިމީހުންލައްވާ ރަސްކަލާނގެ ހެއްޔެވެ؟ ﷲ އާއެކު އެހެން އިލާހަކު ވޭހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.

 

وَإِن يَمْسَسْكَ اللَّـهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يَمْسَسْكَ بِخَيْرٍ فَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿١٧

އަދި اللَّه، ތިބާޔަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ތިބާޔަށް ހެޔޮގޮތެއް މެދުވެރިކުރައްވާނަމަ، (އެކަން ދުރުކުރާނޭ އެހެންފަރާތެއް ނުވެއެވެ.) ފަހެ، އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

سورة الأنعام آية ١٧

 

الفَتَّاح އަކީ އަޅުގަނޑުމެން ދަތިއުނދަގޫ ކަމާއި ހިތްދަތިކަމުން ސަލާމަތްވުމުގެ ދޮރު ހުޅުވައިދެއްވާ ފަރާތެވެ. އެއިލާހީ އެއިލާހުގެ ނިޢުމަތްތަކާއި ރަޙުމަތަށް މަގުހުޅުއްވައިދެއްވާ ފަރާތެވެ.

الفَتَّاح އަކީ ހިތްތައް ހުޅުއްވައިދެއްވާ ފަރާތްވެސްމެއެވެ.

އަދި الفَتَّاح ގެ އިސްމުފުޅުން ތިބާގެ ހިތް ހިދާޔަތުގެ ތެދުމަގަށް ހުޅުއްވައިދެއްވުމަށްއެދި ދުޢާކުރާށެވެ!

الفَتَّاح އަކީ ޢިލްމަށް ދޮރު ހުޅުއްވައިދެއްވާ ފަރާތްވެސްމެއެވެ.

 

ރިޒްޤާއި ގުޅުންހުރި އިސްމުފުޅުތައް

ރިޒްޤުދެއްވުމާއި ގުޅުންހުރި ބައެއް އިސްމުފުޅުތަކުގެ ތެރޭގައި الرازق؛ الرَّزَّاقُ؛ المعطي؛ المنان؛ الوهاب؛ އަދި الباسط ހިމެނެއެވެ.

އެކަލާނގެއީ الرَّزَّاقُ (ގިނަގިނައިން ރިޒްޤުދެއްވާ އިލާހު) އެވެ.

ޝޫރާ ސޫރަތުގެ 11 އަދި 12 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِيرُ – لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ يَبْسُطُ الرِّزْقَ لِمَن يَشَاء وَيَقْدِرُ إِنَّهُ بِكُلِّ شَيْءٍ عَلِيمٌ

މާނައީ: “އެކަލާނގެއާއި އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެކަލާނގެއީ އައްސަވައިވޮޑިގެންވާ ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ. އުޑުތަކާއި ބިމުގެ (ޚަޒާނާތަކުގެ) ތަޅުދަނޑިތައް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ އިރާދަކުރެއްވި މީހަކަށް ރިޒްޤު ތަނަވަސް ކޮށްދެއްވައެވެ. އަދި އިރާދަކުރެއްވި މީހަކަށް ރިޒްޤު ދަތިކުރައްވައެވެ. ހަމަކަށަވަރުން އެކަލާނގެއީ ހުރިހާ އެއްޗެއް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

 

ތަވައްކަލްކުރުމާއި ގުޅުންހުރި އިސްމުފުޅުތައް

ތަވައްކަލްކުރުމަކީ ކަންކަން ޙާސިލުކުރެވެން އޮތް ސަބަބުތަކުގައި ހިފުމާއިއެކު، އެކަންކަމަށް ތިމާ ވާސިލުކޮށްދެވޭނެ ހަމައެކަނި ފަރާތަކީ މާތް ﷲ ކަމުގައި ހިތުގެ އަޑިން ޔަޤީންކޮށް، ޢަމަލީގޮތުން އެފަދައިން މަސައްކަތްކުރުމެވެ. ކަންކަމުގައި އެކަލާނގެއަށް ތަވައްކަލްކުރަންޖެހެނީ އެކަލާނގެއީ ހުރިހާ ކަމެއް ތަދުބީރުކުރައްވާ އަދި އެންމެހާ މަޚްލޫޤުންގެ ވެރި ރަސްކަލާނގެކަމުގައިވާތީއެވެ.

القَاهِرُ: ﴿ وَهُوَ الْقَاهِرُ فَوْقَ عِبَادِهِ ﴾ الأنعام:18

އަދި އެކަލާނގެއީ، އެކަލާނގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ ރަސްކަލާނގެއެވެ.

إِنِّي تَوَكَّلْتُ عَلَى اللَّـهِ رَبِّي وَرَبِّكُم ۚ مَّا مِن دَابَّةٍ إِلَّا هُوَ آخِذٌ بِنَاصِيَتِهَا ۚ إِنَّ رَبِّي عَلَىٰ صِرَاطٍ مُّسْتَقِيمٍ ﴿٥٦

ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ވެރި އަދި ތިޔަބައިމީހުންގެ ވެރި اللَّه އަށް ތިމަންކަލޭގެފާނު وكيل ކޮށްފީމެވެ. ހިނގާބިނގާ އުޅޭ އެއްވެސް ދިރޭ އެއްޗެއް، އެ އެއްޗެއްގެ ناصية ގައި، އެކަލާނގެ ހިއްޕަވާ حال ގައިވާ ކަމުގައި މެނުވީ ނުވެތެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ވޮޑިގެންވަނީ، ސީދާވެގެންވާ މަގުގައެވެ. (ނޯޓު: ناصية އަކީ، ނިތްކުރިމަތީގެ އިސްތަށިގަނޑެވެ. ناصية ގައި ހިއްޕެވުމުގެ مراد އަކީ، ހުރިހައި ބާރެއް އެކަލާނގެއަށް ملك ވެގެންވުމެވެ.)

 

ފާފަފުއްސެވުމާއި އަފޫކުރެއްވުމާއި ގުޅުންހުރި ސިފަފުޅުތައް

 

އެކަލާނގެއީ އަޅުތަކުންގެ ފާފަތައް ފުއްސަވާ، ކުށްފާފަތައް ޢަފޫކުރައްވާ އަދި ޢައިބުތައް ފޮރުއްވާދެއްވާ ރަސްކަލާނގެއެވެ. އެކަލާނގެ އިސްމުފުޅުތައް ކަމުގައިވާ الغفور؛ الغفار؛ العفو؛ الستير އަދި التواب ހިމެނިގެންވަނީ މި ގިންތީގެތެރޭގައެވެ.

 

قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ ۚ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴿٥٣

ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ نفس ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ رحمة ން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.

ނޯޓު: މި އާޔަތުގެ މަޤްޞަދަކީ އެއްގޮތަކަށްވެސް ފާފަކުރުމަށް ބާރުއެޅުމެއްނޫނެވެ. އެއާޚިލާފަށް މި އާޔަތުގެ މަޤްޞަދަކީ ﷲގެ ހަޟްރަތަށް ތައުބާވެ، އިސްތިޣްފާރުކުރުމުގެ މުހިންމުކަން ބަޔާންކުރެއްވުމެވެ. މި އާޔަތުން އަންގައިދީފައިވަނީ ފާފައެއްކުރެވުނުކަމުގައިވިޔަސް، ފާފަކުރުމުގައި ދެމިހުރުމުގެ ބަދަލުގައި، ކުށުގެ އިހްޞާޞްކުރެވި، ﷲގެ ހަޟްރަތުން ފާފަފުއްސެވުންއެދި ދަންނަވާ އަޅުންނަކީ އެބައިމީހުންދެކެ ﷲ ލޯބިވެވޮޑިގެންވާ ބަޔަކުކަމެވެ.

 

(إِنَّ اللهَ عَزَّ وَجَل حَيِىٌّ سِتِّيرٌ يُحِبُّ الْحَيَاءَ وَالسَّتْرَ) رواه أبو داود.

 

الحَيِىّ ގެ މާނައަކީ ލަދުވެތިކަމަށް ލޯބިވެވޮޑިގެންވާ އަދި ލަދުވެތިވެވޮޑިގެންވާ ރަސްކަލާނގެއެވެ.

އެކަލާނގެ އަޅާ ދުޢާކުރުމުން އެއަޅާގެ ދުޢާ އިޖާބަ ނުކުރައްވާ ހުސްއަތާ ރައްދުކުރައްވަން އެކަލާނގެ ލަދުވެތިވެ ވޮޑިގެންވެއެވެ. ދުޢާ އިޖާބަކުރައްވާ ތަފާތުގޮތްތައް ހުރެއެވެ. މިގޮތުން ބައެއްފަހަރު ދުޢާކުރި ކަންތައް ދުޢާގައި އަޅާ އެދުނުފަދައިން އެކަލާނގެ ފަހިކޮށްދެއްވައެވެ. އަނެއްބައިފަހަރު ދުޢާކުރި ކަންތައް ސީދާ އެފަދައިން އިޖާބަނުވިކަމުގައިވިޔަސް، އެކުރި ދުޢާގެ ސަބަބުން އަޅާއަށް ޖެހެންއޮތް މުޞީބާތެއް ނުޖެހޭނެގޮތް ﷲ މިންވަރުކުރައްވައެވެ. އަނެއްބައިފަހަރު ދުޢާގެ އަސަރު ދުނިޔެމަތީގައި އަޅާއަށް ނުދައްކަވާ، އެކަމުގެ ހެޔޮ ޖަޒާ ޤިޔާމަތްދުވަހުން މާތް ﷲ ދުޢާކުރިއަޅާއަށް ދެއްވައެވެ.

السِّتِّير މި އިސްމުފުޅުގެ މާނައަކީ ޢައިބުތައް ފޮރުއްވަވާ ރަސްކަލާނގެއެވެ.

 

مَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ فِي الدُّنْيَا وَالْآخِرَةِ  (رواه مسلم)

މާނައީ” މުސްލިމެއްގެ ޢައިބު ވަންހަނާކޮށްފި މީހެއްގެ ޢައިބު ދުނިޔެއާއި އާޚިރަތުގައި ﷲ ތަޢާލާ ވަންހަނާ ކޮށްދެއްވަވާނެއެވެ.”

އެހެންނަމަވެސް ބައެއް ހާލަތްތަކުގައި މުސްލިމާގެ ޢައިބުގެ ވާހަކަ ދެއްކުން ހުއްދައެވެ. އެފަދަ ޙާލަތްތަކަކީ :

  • އަނިޔާލިބިގެންވާމީހާ އަނިޔާވެރިވާ މީހާގެ ވާހަކަދެއްކުން
  • މުންކަރާތްމަނާކުރުމަށް ކުރެވޭ މަސައްކަތުގައި މުންކަރާތަށް އަރައިގަންނަ މީހާގެ ވާހަކަދެއްކުން
  • ޝަރުޢީ ފަތުވާއެއްހޯދުމަށް ސުވާލުކުރާއިރުގައި އެކަމާއި ގުޅުންހުރި މީހެއްގެ ވާހަކަ ޒިކުރުކުރުން
  • ޤަޞްދުގައި ފާޅުގައި ފާފަކުރާމީހުންގެ ވާހަކަދެއްކުން
  • މަޝްހޫރުވުމުގެ ގޮތުން ފާފަކުރާމީހާގެ ވާހަކަ ދެއްކުން

 

﴿ إِنَّ اللهَ وَاسِعٌ عَلِيمٌ ﴾ البقرة:115

ހަމަކަށަވަރުން، اللَّه އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

މާތްﷲއީ ކުޅަދުންވަންތަކަމާއި، އޯގާވަންތަކަމާއި، ފާފަފުއްސުވުމާއި އަދި ވެސް އެހެން ސިފަފުޅުތަކުގައި ކޮޅު ނެތް ކޮޅަށް ތަނަވަސްވަންތަ ރަސްކަލާނގެއެވެ.

 

މާތް ﷲ ގެ ސިފަފުޅުތަކަކާއިމެދު ވިސްނާ ފިކުރުކުރުމުން ހިތަށް ފިނިކަންލިބި އުއްމީދުތައް އާވެގެންދެއެވެ. ކުރިމަތިވާ ގޮންޖެހުންތައް ގިރާކޮށް ކުރިޔަށް ދިޔުމަށްޓަކައި އެހީތެރިވެދޭނެ ކަށަކުޅަދުންވަންތަ އަދި އޯގާވަންތަ ފަރާތެއް ވާކަން އެނގި، މަޑުޖެހުމެއްނެތި ތިމާގެ ލަނޑުދަނޑިތަކާއި ހަމައަށް ދިއުމަށް މަސައްކަތްކުރުމުގެ ހިތްވަރު އާލާވެގެންދެއެވެ.  ސިފަފުޅުތައް އުނގެނުމުން އެކަލާނގެ އަޒާބަށް ބިރުވެތިވެވި، ކުށް ފާފަތަކުން ދުރުވެވެއެވެ.

ކުރުގޮތަކަށް ދަންނަވާނަމަ، އީމާންކަމުގެ ޙަޤީޤީ ފޮނި މީރުކަން އިޙްސާސްކުރަން އެންމެ ބޮޑަށް އެހީވެދޭނެ ކަމަކީ ސިފަފުޅުތަކާއިމެދު ތަދައްބަރުކުރުމެވެ.

نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ (49)

ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެކަމުގައި، ތިމަންރަސްކަލާނގެ އަޅުތަކުންނަށް ކަލޭގެފާނު خبر ދެއްވާށެވެ!

وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ (50)

އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب އެއީ، ވޭންދެނިވި عذاب އެއް ކަމަށްވެސްމެއެވެ.

ސޫރަތުލް ޙިޖުރު 49-

 

References

أسماء الله و صفاته و موقف أهل السنة منها للشيخ ابن العثيمين

https://islamqa.info/ar/145731

https://islamqa.info/ar/84270

http://dhisalafiyyah.net/article/11359

0