ނަޞޭޙަތާއި އިރުޝާދު
އިސްލާމްދީނުގައި ސަވާބު ހޯދުމުގެ މަގުވަނީ ތަނަވަސް ކޮށްދެއްވާފައެވެ.

އެއް މުސްލިމަކު އަނެއް މުސްލިމަކާއި ބައްދަލު ވާއިރު ހިނިތުންވުމާއެކު ބައްދަލު ކުރުމަކީ ސަވާބު ލިބެނިވި ހެޔޮ ޢަމަލެކެވެ. ބަލިވެފައިވާ މީހަކަށް ޝިފާދެއްވުންއެދި ދުޢާ ކުރުމަކީ ސަވާބު ލިބެނިވި ހެޔޮ ޢަމަލެކެވެ. އުނދަގުލެއް ގައި ވާ މީހެއްގެ ކިބައިން އެ އުނދަގުލެއް ދުރުކޮށް ދިނުމަކީ ސަވާބު ލިބެނިވި ހެޔޮ ޢަމަލެކެވެ. މުޖުތަމައު އިސްލާޙް ކުރުމުގެ ގޮތުން ހެޔޮ ކަން ކަމަށް ގޮވާލައި ނުބައި ކަން ކަން ނަހީ ކުރުމަކީ ސަވާބު ލިބެނިވި ހެޔޮ ޢަމަލެކެވެ. ތިބާ އިންދާ ގަހަކުން ދޫންޏެއް ނުވަތަ ޖަނަވާރެއް ކައިފިނަމަ އެއީ ތިބާ އަށް ލިބުނު ގެއްލުމެއް ކަމުގައި ނުދެކޭށެވެ. އަދި ކިއެއްތަ؟ އެއީ ތިމާގެ ހެޔޮކަމުގެ ފަތައް އިތުރުވި ދަރުމައާއި އަޖުރެއް ކަމުގައި ދެކޭށެވެ.

1