ޚަބަރު
އެއްބަޔަކު އަނެއް ބަޔަކަށް ނަސޭހަތް ދިނުމާއި، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމުގައި ފަސް ޖެހިގެން ނުވާނެ: ހުކުރުޚުތުބާ

މުޖުތަމަޢުގެ އަފްރާދުން، އެއްބަޔަކު އަނެއް ބަޔަކަށް ނަސޭހަތް ދިނުމާއި، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމުގައި ފަސް ޖެހިގެން ނުވާނެކަމަށް މިއަދުގެ ހުކުރުޚުތުބާގައި ވިދާޅުވެއްޖެއެވެ.

އެއްމުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ޙައްޤުތައް ފަހެކެވެ. އެހެން ރިވާޔަތެއްގައި ހައެއް ކަމަށް ބަޔާންވެގެން ވެއެވެ.
ދެންނެވުނެވެ. އޭ މާތް ﷲ ގެ ރަސޫލާ އެވެ! އެޙައްޤުތަކަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. “ބައްދަލުވެއްޖެ ނަމަ ސަލާމް ކުރުމެވެ. އަދި ދައުވަތެއް ދީފިނަމަ އެދައުވަތަކަށް އިޖާބަދިނުމެވެ. އަދި ކިނބިއްސެއް އެޅޭހިނދު މާތް ﷲ އަށް ޙަމްދުކޮށްފިނަމަ، އޭނާއަށްޓަކައި ހެޔޮދުޢާ ކުރުމެވެ. އަދި ބަލިވެއްޖަނަމަ އޭނާއަށް ޒިޔާރަތް ކުރުމެވެ. އަދި އޭނާ މިދުނިޔެ ދޫކޮށްފިނަމަ އޭނާގެ ޖަނާޒާގައި ބައިވެރިވުމެވެ.”

މުޖުތަމަޢުގެ އަފްރާދުން، އެއްބަޔަކު އަނެއް ބަޔަކަށް ނަސޭހަތް ދިނުމާއި، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމުގައި ފަސް ޖެހިގެން ނުވާނެއެވެ. އަދި އެފަދަ ފަރާތްތަކުން ދޭ ހެޔޮ ނަސޭހަތް ޤަބޫލު ކުރުމުގައި ފަސްޖެހި ލަދުގަނެގެން ނުވާނެއެވެ. އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ދީނީ ޙައްޤެއްގެ ގޮތުގައި ނަސޭހަތްދިނުން ކަނޑައަޅުއްވާފައި ވެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. “އަދި ތިބާގެ ކިބައިން މީހަކު ނަޞޭޙަތަކަށް އެދިއްޖެނަމަ ފަހެ އޭނާއަށް ނަސޭހަތް ދޭށެވެ!” ނަސޭހަތަކީ، މުޖުތަމަޢުގެ ގުޅުންތައް އިތުރަށް ހަރުދަނާވާނެ ކަމެކެވެ.

މުޖުތަމަޢުގެ ގުޅުންތައް އިތުރަށް ހަރުދަނާ ވާނެ ކަންތަކުގެ ތެރޭގައި އެކަކު އަނެކަކަށް ޒިޔާރަތް ކުރުމާއި، ހިތާމަތަކާއި، އުފާތަކުގައި ބައިވެރިވުން ވެއެވެ. އެކަމުގެ ސަބަބުން މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާވާނެއެވެ.

0