އިބުރަތްތެރި ވާހަކަ
އަސަރުގަދަ ވާހަކައެއް: ތަޤްދީރު އެނގޭނަމަ…

ޝައިޚަކު ކިޔައިދިނެވެ. އެއްދުވަހަކު އުމުރުން ދުވަސްވީ މީހަކު މަގުމަތީ އަމަން ބަލަހައްޓަމުން ދިޔަ ސިފައިންގެ މީހެއްކައިރީ އައިސް ޝަކުވާ ކުރިއެވެ. އޭނާގެ މޫނުމަތީގައި ވަނީ ހިތާމަޔާއި މާޔޫސްކަމެވެ. ލިބިފައިހުރި ހިތާމައިން ފުރަތަމަވެސް އެނާގެ ވާހަކައިން ފެށިއެވެ. ތިމަންނާއަކީ ލޯފަން ހަތްދަރިން ލިބިފައިވާ މީސްކީނެކެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ތިމަންނާއަށް ހަތްކުދިން ތެރެއިން ދެކުދިންނަށް ބޭސްކުރާނެ ފައިސާލިބި ޑޮކްޓަރުކު ހަމަޖެހިއްޖެއެވެ. ދާންޖެހެނީ އެހެން އަވަށަކަށް ކަމަންވުމުން ބޭސްފަރުވާއަށް ބޭނުންވާ ފައިސާއާއި ކާރު ތައްޔާރުކުރީމެވެ. އެހިނދު ސިފައިންގެ މިހާ ސުވާލުކުރިއެވެ. ތިބާއަށް ކިހިނެއް ވީ ހެއްޔެވެ؟ މުސްކުޅިމީހާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. އޭނާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އަވަހަށް ދަތުރު ފެށުމަށްޓަކައި ބޭސްފަރުވާއަށް ހަމަ ޖެހިފައިވާ ދެކުދިން ބަލައި ގެއަށް ވަނެވެ. ނަމަވެސް އެދެކުދިން ގޮވައިގެން ނިކުތްއިރު އޭނަގެ ކާރެއް ފެންނާކަށް ނެތެވެ. ކާރު ގެއްލުނީ ބޭސްފަރުވާއަށްޓަކައި ޖަމާކުރި ފައިސާތަކާވެސް އެކީގައެވެ.

ތިޔަބޭފުޅުން ވިސްނާލައްވާށެވެ. އެހާ ދުވަސްވަންދެން ބުރަ މަސައްކަތުން ޖަމާކުރި ފައިސާއާއި އެކުދިންނަށް ފަރުވާ ކުރުމަށް ދެކުމުން އައި ހުވަފެން މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ވިއްސި ވިހާލިވެގެން ދިޔައީއެވެ. އެބައްޕަގެ ހިތުގައި އެވަގުތު ހިނގާނޭ އިޙްސާސްއާއި އެބައްޕައަށް ކުރާނެ އަސަރު އަޅުގަނޑުމެނަށް ތަސައްވަރު ކުރެވޭ ހެއްޔެވެ؟

އެމުސްކުޅި މީހާއަށް ކޮށްފައިވާ އަސަރު ފެނުމުން އޭނަގެ ހިތާމަ ލުއިކޮށްދެވޭތޯ ސިފައިންގެ މިހާ ބެލިއެވެ. ﷲ އިރާކުރެއްވިއްޔާ ދެރެގޮތެއް ނުވާނެކަމާއި އެކަމުގައި ވެސް ކޮންމެވެސް ހެޔޮކަމެއް ވާނޭކަން ވިސްނައިދިނެވެ. އަދި ތިބާއަށްޓަކައި ﷲ ލިޔުއްވާފައިވާ ގޮތް ދެއްކެވިއްޖެނަމަ ހަމަޔަޤީނުންވެސް އެގޮތް ނޫނީ ތިބާ އިޚްތިޔާރު ނުކުރާނެކަމަށް ހަނދާންކޮށްދިނެވެ. އެހެންނަމަވެސް އެމުސްކުޅިމީހާއަށް ކޮށްފައިވާ އަސަރުގެ ބޮޑުކަމުން ސިފައިންގެ މީހާގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. މައްސަލަ ފައިލްކޮށް ނިމުމުން އެމުސްކުޅިމިހާ ހިތާމަޔާއި މޮޅިވެރިކަމުން ފުރިގެންވާ ހާލު އެނބުރި ހިނގައްޖެއެވެ.

އޭގެ ދެހަފްތާ ފަހުން މުސްކުޅިމީހާގެ ކާރު ޞަހަރާގެ ތެރެއިން ފެނިގެން ޚަބަރުކުރެވުނެވެ. އަދި ކާރުތެރެ ބަލާ ފާސްކުރި އިރު އެމީގެ ފައިސާ ރިޕޯޓްކުރި ވަރަށް ހަމައަށް ހުއްޓެވެ.

ސިފައިންގެ މީހާއަށް ލިބުނު އުފާވެރި ޚަބަރު ދިނުމަށްޓަކައި އެއްކަލަ މުސްކުޅި މީހާއަށް ވަގުތުން ގުޅިއެވެ. އަދި އޭނަ ފޯނު ނެގުމާއެކު ތިބާއަށްޓަކައި އުފާވެރި ޚަބަރެއް އޮތްވާހަކަ ސިފައިންގެ މީހާ ބުންޏެވެ. އެކޮޅުން މުސްކުޅި މީހާ ވެސް އުފާވެރި ޚަބަރެއް ދޭން ބޭނުންވާހަކަ ރައްދުގައި ބުންޏެވެ. އެބޭބެގެ ވާހަކަ ފުރަތަމަ އަހާލުމުގެ ބޭނުމުގައި ސިފައިންގެ މިހާ އެނާއަށް ފުރުޞަތު ދިނެވެ. އެހެންނަމަވެސް އެމުސްކުޅި މިހާ ދެކޮޅުހަދަން ފެށުމުން ސިފައިންގެ މީހާ ކާރު ފެނުން ވާހަކައާއި އޭގައި ބޭބެ ބުނިވަރަށް ފައިސާ ހުރި ވާހަކައިން ޚަބަރު ދިނެވެ. ސިފައިންގެ މީހާއަށް ހައިރާންކަން ލިބުނީ އޭނާގެ އެ އުފާވެރި ވާހަކައިން އެމުސްކުޅިމިހާއަށް މާބޮޑު އަސަރެއް ނުކުރުމުންނެވެ.

ކޮންމެއަކަސް މުސްކުޅި މީހާގެ އުފާވެރި ޚަބަރުދިނުމަށް އެއަށްފަހު ސިފައިންގެ މީހާ އެދުނެވެ. މުސްކުޅިޔާ އޭނެގެ ވާކައިން ފެށިއެވެ. އޭނާ ފަރުވާކުރުމަށް އުޅުނު ދެދަރިންނަށް ﷲ ސުބުޙަނަޙޫ ވަތަޢާލާ އެއްވެސް ބޭސްވެރިކަމަކާ ނުލާ ލޮލުގެ ފެނުން ދެއްވި ވާހަކަ އަސަރާއެކު ކިޔައިދިނެވެ. އަދި ﷲ އަށް ހަމްދުކުރަން ފެށިއެވެ.

ކިޔުންތެރިންނޭ! ﷲ އޭނާގެ ދެދަރިންގެ ފެނުން އެއްވެސް ބޭސް ފަރުވާއަކާ ނުލާ ދެއްވުމަށްޓަކައި ﷲ އެމީހުންގެ އޮޕްރޭޝަން ފަސްކޮށްލެއްވިއެވެ. ފަހަރުގެ އެމީހުންނަށް އޮޕްރޭޝަން ކުރެވުނު ނަމަވެސް އެކުދިންގެ ފެނުން ނުލިބުނީހެވެ. އެހެނެއް ކަމަކު އެނާގެ ފައިސާއާއެކު އެދެކުދިންގެ ފެނުންވެސް ﷲ ދެއްވީއެވެ. އެކަލާނގެ ނިންމެވުމުގެ ފުރިހަމަ ކަމާއެވެ.

ލޮބުވެތި ކިޔުންތެރިންނޭ! ބައެއްފަހަރު ﷲ ގެ ނިންމެވުން ތިބާގެ ކުރިމަތީގައި ބޮޑު މުޞީބާތެއްގެ ގޮތުގައިވެސް ތިބާއަށް ފެނިދާނެއެވެ. ނުވަތަ ހީކުރެވިދާނެއެވެ. އެހެންނަމެސް އޭގެ ފަހަތުގައި ﷲ ތިބާއަށްޓަކައި ލިޔުއްވާފައިވަނީ ކިހާ ބޮޑު ހެވެއްކަމެއް ނުވަތަ އުފާވެރިކަމެއް ކަމެއް ތިބާގެ ސިކުނޑިއަށް ވިސްނައި ގަތުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ވުމާއެކު އަބަދުވެސް ﷲގެ ކިބައިން ހެޔޮ ގޮތަކަށް ނޫނީ އުންމީދު ނުކުރާށެވެ.

0
  1. Varah furihama