ކޮންމެ ދުވަހަކު 1000 ހެޔޮކަން ހޯދަން ބޭނުންތޯއެވެ؟!
رسول الله ﷺ ޙަދީޘްކުރެއްވިއެވެ:
(أَيَعْجِزُ أَحَدُكُمْ أَنْ يَكْسِبَ، كُلَّ يَومٍ أَلْفَ حَسَنَةٍ؟
قالَ: يُسَبِّحُ مِئَةَ تَسْبِيحَةٍ، فيُكْتَبُ له أَلْفُ حَسَنَةٍ، أَوْ يُحَطُّ عنْه أَلْفُ خَطِيئَةٍ).
[رواه مسلم]
މާނައީ: ”ކޮންމެ ދުވަހަކު އެއްހާސް ހެޔޮކަން ހޯދުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ނުވޭ ހެއްޔެވެ؟
ސަތޭކަ ފަހަރު ތަޞްބީޙަ ކިޔާށެވެ. އޭރުން އެމީހަކަށް އެއްހާސް ހެޔޮކަން ލިޔުއްވޭނެއެވެ. ނުވަތަ އޭނާގެ ކިބައިން އެއްހާސް ފާފަ ފުއްސެވޭނެއެވެ.“
ތަޞްބީޙައަކީ سُبْحَانَ اللَّهِ މިފަދައިން ކިޔުމެވެ. މި ކަލިމައިގެ މާނައަކީ: “الله ގެ ހުސްޠާހިރުވަންތަ ކަމާއެވެ!”
މިޙަދީޘްގައި ނަބިއްޔާ ﷺ ބަޔާންކޮށްދެއްވާފައި މިވަނީ ތަސްބީޙަ ކިޔުމުގެ މާތްކަމާއި މަތިވެރިކަމެވެ. އަދި 1000 ހެޔޮކަން ދާދިފަސޭހައިން ހޯދޭނެ ގޮތެކެވެ. މީހަކު 100 ފަހަރު ތަސްބީޙަ ކިޔުމުން 1000 ހެޔޮކަން ލިޔުއްވެއެވެ. އެއީ ކޮންމެ ހެޔޮކަމެއް ކުރުމުން އެމީހަކަށް އޭގެ 10 ގުނަ ޘަވާބު ދެއްވާތީއެވެ. އަދި الله އިރާދަކުރައްވާ އަޅަކަށް އެއަށްވުރެ އިތުރުވެސް ކޮށްދެއްވައެވެ. މާތް الله ވަޙީކުރެއްވިއެވެ.
{مَنْ جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا وَاللَّهُ يُضَاعِفُ لِمَنْ يَشَاءُ} [الأنعام: 160]
“ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ޘަވާބުހުށްޓެވެ. އަދި ނުބައިކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެފަދަ ކަމެއްގެ ޖަޒާ މެނުވީ، އެމީހަކަށް ނުލިބޭހުށްޓެވެ. އަދި އެއުރެންނަކަށް ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.”
މީ ނުވާވަރު ކަމެއް ހެއްޔެވެ؟ ނޫނެކެވެ. ވަރަށް ފަސޭހަ ކަމެއް ނޫންތޯއެވެ؟
ކޮންމެ ދުވަހަކު މިކަން ވޭތޯ ހިތްވަރުކޮށްލާށެވެ!