ނަޞޭޙަތާއި އިރުޝާދު
ރޭގަނޑުގެ ވަގުތެއްގައި ހޭލެވިއްޖެނަމަ ކިޔާނެ ދުޢާ

ރޭގަނޑުގެ ވަގުތެއްގައި ހޭލެވިއްޖެނަމަ ކިޔާނެ ދުޢާ

لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ، سُبْحَانَ اللهِ وَالْحَمْدُ لِلهِ ، وَلَا إِلَهَ إِلَّا اللهُ وَاللهُ أَكْـبَرُ ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمِ رَبِّ اغْفِرْ لِي

” ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ. އެކަލާނގެއީ އެކަލާނގެއަށް އެއްވެސް ޝަރީކަކު ނުވާ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެންމެހާ ވެރިކަމެއްވަނީ އެކަލާނގެއަށެވެ. އަދި އެންމެހާ ޙަމްދު ތަޢުރީފެއްވަނީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގއެެވެ. އެންމެހާ ޙަމްދު ތައުރީފެއްވަނީ އެކަލާނގެއަށެވެ. އަދި ﷲ ހުރިހާ ޢައިބަކުން ހުސްތާހިރުވެވޮޑިގެންވެއެވެ. އަދި ﷲ މެނުވީ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އަދި އެންމެ ބޮޑީ ﷲ އެވެ. އަދި ހެޔޮކަމެއް ކުރުމުގެ އެއްވެސް ބާރެއް އަދި ނުބައި ކަމަކުން ސަލާމަތްވުމުގެ އެއްވެސް ބާރެއް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ. އޭ ﷲ އެވެ! މިއަޅާއަށް ފާފަ ފުއްސަވާނދޭވެ!”

 

މިޒިކުރާއި ގުޅޭގޮތުން ރަސޫލާ ކުރެއްވި ޙަދީޘްގެ މާނާގައިވެއެވެ. ރޭގަނޑުގެ ވަގުތެއްގައި ހޭލެވުއްޖެ މީހާ ހޭލެވުނު ވަގުތު މިފަދައިން ކިޔާށެވެ. އޭރުން އޭނާއަށް މާތްﷲ ފާފަ ފުއްސަވައިދެއްވާނެއެވެ. ދެން ތެދުވެ ވުޟޫކޮށް ނަމާދު ކޮށްފިނަމަ އޭނާގެ ނަމާދު އެކަލާނގެ ޤަބޫލު ކުރައްވާނެތެވެ.

ސަޙީހް ބުޚާރީ 1154

0