ނަޞޭޙަތާއި އިރުޝާދު
ނިސާ ސޫރަތުން ހޮވާލެވިފައިވާ ބައެއް މުތްތައް
  • ކީރިތި ޤުރުއާނުގައި يَا أَيُّهَا النَّاسُ އިން ފެށިފައިވަނީ ދެ ސޫރަތެކެވެ. އެއީ سورة النساء އާއި سورة الحجއެވެ.
  • މި ސޫރަތުގައި މުޖުތަމަޢުގެ ބައެއް ފަންތިތަކަށް ލިބެން ޖެހޭ ޙައްޤުތަކުގެ ވާހަކަ އައިސްފައިވެއެވެ.
    • ސޫރަތުގެ ފުރަތަަމަ އާޔަތުގައި ތަޤްވާވެރިވުމަށް ކުރެވުނު އަމުރާއި އެކު ރަޙިމުގެ ގުޅުން ޤާއިމުކޮށް ގާތްތިމާގެ މީހުންނަށް އިޙްސާންތެރިވުމަށް އަމުރުކުރެވިފައިވެއެވެ.
  • އެންމެ ފުރަތަމަ އައިސްފައިވަނީ މިސްކީނުންގެ ޙައްޤުތަކުގެ ވާހަކައެވެ.

وَآتُوا الْيَتَامَىٰ أَمْوَالَهُمْ ۖ وَلَا تَتَبَدَّلُوا الْخَبِيثَ بِالطَّيِّبِ ۖ وَلَا تَأْكُلُوا أَمْوَالَهُمْ إِلَىٰ أَمْوَالِكُمْ ۚ إِنَّهُ كَانَ حُوبًا كَبِيرًا ‎﴿٢﴾

يتيم ންނަށް (އެކުދިން تصرّف ފުދިއްޖެނަމަ) އެކުދިންގެ މުދާތައް ތިޔަބައިމީހުން ދޭށެވެ! އަދި، އޭގެތެރެއިން މޮޅުތަކެއްޗަށް ދެރަތަކެތި ބަދަލުކޮށް ނަހަދާށެވެ! އަދި، އެކުދިންގެ މުދާތައް، ތިޔަބައިމީހުންގެ މުދަލާއެކު ބޭނުންކޮށް، ކައި ނޫޅޭށެވެ! ހަމަކަށަވަރުން، ބޮޑުވެގެންވާ ފާފައެއް ކަމުގައި އެކަންތައްވިއެވެ.

  • މި ސޫރަތުގެ ތިންވަނަ އާޔަތުގައި مَا طَابَ لَكُم مِّنَ النِّسَاءِ (..އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ..)

މި ޢިބާރާތުން ލިބޭ ފައިދާއަކީ ކައިވެނިކުރަން ޢަންތްބަކު ޚިޔާރުކުރަންވާނީ އަޚްލާޤީގޮތުންނާއި ރީތިކަމުގެ ގޮތުން ހިތް ރުހޭނަމައެވެ.

  • ދެން އައިސްފައިވަނީ ކައިވެނިކުރުމާއެކު އަންހެނުންނަށް ލިބެންޖެހޭ ޙައްޤެއްގެ ވާހަކައެވެ.

وَآتُوا النِّسَاءَ صَدُقَاتِهِنَّ نِحْلَةً ۚ فَإِن طِبْنَ لَكُمْ عَن شَيْءٍ مِّنْهُ نَفْسًا فَكُلُوهُ هَنِيئًا مَّرِيئًا ‎﴿٤﴾‏

އަންހެނުންނަށް އެކަނބަލުންގެ ރަން، ތިޔަބައިމީހުން ހިތުންރުހުމުންދޭ ދިނުމެއްގެ ގޮތުގައި ދޭށެވެ! އޭގެތެރެއިން އެއްޗެއް އެކަނބަލުން ހިތުންރުހުމުން ތިޔަބައިމީހުންނަށް އަނބުރާ ދީފިނަމަ، حلال ރަނގަޅު އެއްޗެއްގެ ގޮތުގައި، ތިޔަބައިމީހުން އޭގެ ބޭނުންކުރާށެވެ!

  • ނިސާ ސޫރަތުގައި އައިސްފައިވާ އަންހެނުންގެ ޙައްޤުތައް މައިގަނޑު ދެ ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ އިންސާފާއި އިޞްލާޙެވެ. ނިސާ ސޫރަތުގެ 11ވަނަ އާޔަތާއި 12 ވަނަ އާޔަތާއި 176 ވަނަ އާޔަތް ވާރުތަ މުދަލުގައި އަންހެނުންގެ ނަސީބެއްވާކަން ކަށަވަރުކޮށްދެއެވެ. މީގެއިތުރުން ނިސާ ސޫރަތުގެ 3 ވަނަ އާޔަތާއި 4 ވަނަ އާޔަތާއި 34 ވަނަ އާޔަތުގައި އަންހެނުންގެ ޙައްޤުތައް އައިސްފައިވެއެވެ.
  • توبة ވުމުގެ ބައެއްޝަރުޠުތައް ބަޔާންކުރައްވާ އެއިލާހު ވަޙީކުރައްވާފައި ވެއެވެ.
    “إِنَّمَا التَّوْبَةُ عَلَى اللَّهِ لِلَّذِينَ يَعْمَلُونَ السُّوءَ بِجَهَالَةٍ ثُمَّ يَتُوبُونَ مِن قَرِيبٍ فَأُولَئِكَ يَتُوبُ اللَّهُ عَلَيْهِمْ وَكَانَ اللَّهُ عَلِيمًا حَكِيمًا (17) وَلَيْسَتِ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّى إِذَا حَضَرَ أَحَدَهُمُ الْمَوْتُ قَالَ إِنِّي تُبْتُ الآنَ وَلاَ الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ أُوْلَئِكَ أَعْتَدْنَا لَهُمْ عَذَابًا أَلِيمًا (18)” (سورة النساء 17،18)
    މާނައީ: “ﷲގެ ހަޟުރަތުން توبة އޮތްކަން ކަށަވަރީ، ނޭނގިތިބުމާއެކު ނުބައިކަންތައްކޮށް، ދެން، އެކަންތައް ކުރުމާ ގާތުގައި، (އެބަހީ ލަސްނުކޮށް) توبة ވެ އުޅޭމީހުންނަށެވެ. ފަހެ، ﷲތަޢާލާ، އެއުރެންގެ މައްޗަށް ތައުބާލައްވަތެވެ. އަދި، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ. އަދި، ނުބައިކަންތައް ކޮށްކޮށް ތިއްބާ އެއިންމީހެއްގެ ގާތަށް މަރު އައިސް ހާޟިރުވާހިނދު ތިމަން މިހާރު توبة ވެއްޖައީމޭ ބުނާ މީހުންނާއި، ކާފިރުން ކަމުގައި ތިބެ މަރުވާ މީހުންނަކަށް توبة އެއްނެތެވެ. އެއުރެންނަށްޓަކައި ވޭންދެނިވި ޢަޛާބު ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.”
0