އަޚްލާޤު
ސުވަރުގޭގައި ”ބައިތުލް ޙަމްދު“ ލިބެނީ ކޮންބަޔަކަށް؟

رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

{މުއުމިނު އަޅެއްގެ ދަރިފުޅަކު މަރުވުމުން، ﷲ ތަޢާލާ (މޮޅަށް ދެނެވޮޑިގަންނަވާ ޙާލުގައި) މަލާއިކަތުންނަށް ވަޙީކުރައްވާނެއެވެ.

“ތިޔަބައިމީހުން، ތިމަންއިލާހުގެ އަޅާގެ ދަރިފުޅުގެ ފުރާނަ ހިއްޕެވީހެއްޔެވެ؟”

މަލާއިކަތުން ދަންނަވައެވެ.

“އާދޭހެވެ.”

ދެން ﷲ ތަޢާލާ ވަޙީކުރައްވައެވެ.

“ތިޔަބައިމީހުން، ތިމަންއިލާހުގެ އަޅާގެ ހިތުގެ މޭވާ ހިއްޕެވީ ހެއްޔެވެ؟”

މަލާއިކަތުން ދަންނަވައެވެ.

“އާދޭހެވެ.”

ދެން ﷲ ތަޢާލާ ވަޙީކުރައްވައެވެ.

“ތިމަން އިލާހުގެ އަޅާ ބުނީ ކީކޭހެއްޔެވެ؟”

މަލާއިކަތުން ދަންނަވައެވެ.

“الحمد لله އޭކިޔައި އިބަ އިލާހަށް ޙަމްދު ކުރިއެވެ. އަދި إنالله وإنا إليه راجعون އޭ ކިޔައި ކެއްތެރިވިއެވެ.”

ދެން ﷲ ތަޢާލާ ވަޙީކުރައްވައެވެ.

“ތިމަންއިލާހުގެ އަޅާއަށްޓަކައި ސުވަރުގޭގައިގެއެއް ބިނާކޮށް، އެގެއަށް ބައިތުލްޙަމްދުގެ ނަންދޭށެވެ.“}

– رواه الترمذي و أحمد و حسنه الألباني۔

0