ނަޞޭޙަތާއި އިރުޝާދު
ނަރަކައިން ދިންނެވުން އެދި ކުރެވިދާނެ 7 ދުޢާއެއް

1. اللَّهـُـمَّ إِنـَّـيْ أَسْأَلُكَ الْجَنـَّـــةَ وَ أَعـُـوْذُ بِكَ مـِـنَ النــَّـارِ

އޭ ﷲ އެވެ! ހަމަކަށަވަރުން ސުވަރުގެ މިންވަރުކޮށްދެއްވުމަށް ތިޔަ އިލާހުގެ ޙަޟްރަތުން މި އަޅާ އެދެމެވެ. އަދި ތިޔަ އިލާހުގެ ޙަޟްރަތުން ނަރަކައިން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ އެދެމެވެ.

2. اللَّهمَّ ربَّ جَبرائيلَ وميكائيلَ ، وربَّ إسرافيلَ ، أعوذُ بِك من حرِّ النَّارِ ، ومن عذابِ القبرِ

އޭ ﷲ އެވެ! އޭ ޖިބްރީލުގެފާނާއި މީކާއީލުގެފާނުގެ ވެރި އިލާހެވެ. އަދި އިސްރާފީލުގެފާނުގެ ވެރި އިލާހެވެ. ނަރަކައިގެ ހޫނުންނާއި އަދި ކަށްވަޅުގެ ޢަޛާބުން މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.

3- ﴿رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ  [آل عمران: 16].

މާނައީ: އަޅަމެންގެ ވެރި ރައްބު! ހަމަކަށަވަރުން، އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، އަޅަމެންގެ ފާފަތައް، އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ.

4. ﴿ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ  [البقرة: 201].

މާނައީ: އަޅަމެންގެ ވެރި ރައްބު! ދުނިޔޭގައި ހެޔޮކަން އަދި آخرة ގައިވެސް ހެޔޮކަން އަޅަމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ.

5.

އަޅަމެންގެ ވެރިރަސްކަލާކޮ! ނަރަކައިގެ ޢަޒާބު އަޅަމެންގެ ކިބައިން ދުރުކުރައްވައިފާނދޭވެ! ހަމަކަށަވަރުން އެތާނގެ ޢަޒާބަކީ، ވަކިނުވެ ދެމިހުންނަ ކަމެކެވެ.

6. اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا

އޭ ﷲ! މިއަޅާ އިބަ ﷲ އަށް އެދެނީ މިއަޅާއަށް ސުވަރުގެ ދެއްވުމަށެވެ. އަދި އެސުވަރުގެއާއި ކައިރިކުރުވާ ޢަމަލުތަކާއި، ބަސްތަކަށް މިއަޅާއަށް ތައުފީޤްދެއްވުމަށެވެ. އަދި މިއަޅާ އިބަ ﷲ ގެ ހަޟުރަތުން ރައްކާތެރިކަމަށް އެދެނީ ނަރަކައިންނެވެ. އަދި އެނަރަކައާއި ކައިރިކުރުވާ ބަސްތަކާއި ޢަމަލުތަކުން މިއަޅާ ސަލާމަތްކޮށްދެއްވުމަށެވެ.

7.

ޔާ ﷲ! އަޅަމެން ނަރަކައިގެ އަޒާބުން ސަލާމަތްކުރައްވާނދޭވެ.

ޔާ ﷲ! އަޅަމެންގެ ބަފައިން ނަރަކައިގެ އަޒާބުން ސަލާމަތްކުރައްވާނދޭވެ.
ޔާ ﷲ! އަޅަމެން މަންމައިން ނަރަކައިގެ އަޒާބުން ސަލާމަތްކުރައްވާނދޭވެ.
ޔާ ﷲ! އަޅަމެންގެ އަޚުންނާއި، އުޚްތުން ނަރަކައިގެ އަޒާބުން ސަލާމަތްކުރައްވާނދޭވެ.
ޔާ ﷲ! އަޅަމެންގެ އަނބިން ނަރަކައިގެ އަޒާބުން ސަލާމަތްކުރައްވާނދޭވެ.

ޔާ ﷲ! އަޅަމެންގެ ދަރިން ނަރަކައިގެ އަޒާބުން ސަލާމަތްކުރައްވާނދޭވެ.

0