ނަޞޭޙަތާއި އިރުޝާދު
އެމީހެއްގެ އެންމެހާ ގުނަވަންތަކެއް ނަރަކައިން ސަލާމަތް ކޮށްދެއްވާނެ ކަމެއް!

މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

(مَنْ أَعْتَقَ رَقَبَةً مُسْلِمَةً، أَعْتَقَ اللَّهُ بِكُلِّ عُضْوٍ مِنْهُ عُضْوًا مِنَ النَّارِ) (متفق عليه)

މާނައީ: ”މުސްލިމު އަޅަކު މިނިވަންކޮށްފި މީހާގެ އެންމެހާ ގުނަވަންތައް ނަރަކައިން މިނިވަންކޮށްދެއްވާނެއެވެ. (އެބަހީ: ސަލާމަތްކޮށްދެއްވާނެއެވެ.)

ފަހަރެއްގައި ތިބާ ހިތަށް އަރާފާނެއެވެ. މިޒަމާނުގައި އަޅުން މިނިވަންކުރާނީ ކިހިނެއް ހެއްޔެވެ؟
މިޙަދީޘް ވިދާޅުވެ ބައްލަވާށެވެ!

އަބޫހުރައިރާ رضي الله عنه ވިދާޅުވިއެވެ. ރަސޫލު الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. (مَنْ قَالَ: لا إِلَهَ إِلا اللَّهُ وَحْدَهُ لا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، فِي يَوْمٍ مِائَةَ مَرَّةٍ، كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ)

މާނައީ: ”لاَ إِلَهَ إِلاَّ اللَّه وَحْدَهُ لاَ شَرِيكَ لهُ، لَهُ المُلْكُ، ولَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيءٍ قَدِيرٌ
މި ޒިކުރު ދުވާލަކު ސަތޭކަ ފަހަރު ކިޔައިފި މީހާ ދިހަ އަޅުން މިނިވަންކުރި ފަދައެވެ.“ (متفق عليه)

އާނއެކެވެ! އެންމެ އަޅެއް ނޫނެވެ. 10 އަޅުންނެވެ. ކުޑަ ހިތްވަރެއް ކޮށްލައިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި ކުރެވިދާނެ ހެޔޮ ޢަމަލެއް ނޫންތޯއެވެ؟

މި ޒިކުރުގެ މާނައީ:  “ﷲ އީ އެކަލާނގެ ފިޔަވައި ޙައްޤުގޮތުގައި އެއްވެސް އަޅުކަމެއްވެވޭ އިލާހަކުނުވާ އެއްކައުވަންތަ އިލާހެވެ. އެކަލާނގެއަށް ބައިވެރިޔަކު ނުވެއެވެ. ވެރިކަންވަނީ އެކަލާނގެއަށެވެ. ޙަމްދުހުރީ އެކަލާނގެއަށެވެ. އެކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.”

0