ނަޞޭޙަތާއި އިރުޝާދު
ދޫކޮށްނުލުމަށް ނަބިއްޔާ ﷺ ވަޞިއްޔަތްކުރެއްވި ޒިކުރެއް އެނގޭތަ؟

މިއީ ދޫކޮށްނުލުމަށް ނަބިއްޔާ ﷺ ވަޞިއްޔަތްކުރެއްވި ޒިކުރެކެވެ. މި ޒިކުރު ކޮންމެ ނަމާދެއްގެ ފަހުކޮޅުގައި ނުވަތަ ނަމާދަށް ފަހުގައި ނުކިޔާ ދޫކޮށްނުލުމަށް ނަބިއްޔާ ﷺ ވަޞިއްޔަތްކުރެއްވިއެވެ. އެ ޒިކުރަކީ

(اللهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ)

މާނަ: “ އޭ ﷲ އެވެ! އިބައިލާހަށް ޒިކުރުކުރުމާއި އިބައިލާހަށް ޝުކުރުވެރިވުމާއި އިބައިލާހަށް ރިވެތި ގޮތުގައި އަޅުކަންކުރުމުގެ މައްޗަށް މިއަޅާއަށް މަދަދު ދެއްވާނދޭވެ!“

މި ޒިކުރާއި ގުޅޭގޮތުން މުޢާޒުގެފާނާއި މުޚާތަބުކުރައްވާ ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ. ((يَا مُعَاذُ، وَاللهِ إِنِّي لَأُحِبُّكَ)) فَقَالَ لَهُ مُعَاذٌ: بِأَبِي أَنْتَ وَأُمِّي يَا رَسُولَ اللهِ، وَأَنَا أُحِبُّكَ. قَالَ: ((أُوصِيكَ يَا مُعَاذُ لَا تَدَعَنَّ فِي دُبُرِ كُلِّ صَلَاةٍ أَنْ تَقُولَ: اللهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ)).

މާނައީ: “އޭ މުޢާޒުގެފާނެވެ! ﷲ ގަންދީ ޙަދީޘްކުރައްވަމެވެ. ހަމަކަށަވަރުން ކަލޭގެފާނު ދެކެ ތިމަންކަލޭގެފާނު ލޯބިފުޅު ވަމެވެ. ﷲ ގަންދީ ޙަދީޘް ކުރައްވަމެވެ.ހަމަކަށަވަރުން ކަލޭގެފާނުދެކެ ތިމަންކަލޭގޭފާނު ލޯބިފުޅުވަމެވެ. އޭ މުޢާޒުގެފާނެވެ. ކޮންމެ ނަމާދެއްގެ ފަހުގައި މި ޒިކުރު ނުކިޔާ ދޫކޮށްނުލާށެވެ. اللهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ”

رواه أبو داود وغيره وصححه الشيخ الألباني

0
  1. އާމިނާ

    إن شاء الله އަބަދުވެސް މި ذكر ކުރާނަން. އަޅަމެންނަށް ހެޔޮ ޢަމަލު ކުރުންމަތީ ދެމިތިބުމުގެ ވާގި ދެއްވާށި. اللهم آمين

  2. އާއިޝަތުއާދަމް

    އަބަދުވެސްކިޔަން

  3. Aaminath Hafeeza

    v beynun neygey ehchithah egen