ދީން
ސުވަރުގެ ދެއްވުން އެދި 3 ފަހަރު ދެންނެވުމުން ވާގޮތް އިނގޭތަ؟

އަޅުގަނޑުމެން އެންމެން ވެސް ސުވަރުގެ ލިބުމަށް އެދެމުއެވެ. އަދި ނަރަކައިން ސަލާމަތް ކުރެއްވުމަށް އެދެމުއެވެ. އެހެން ކަމުން އަޅުގަނޑުމެންނަށް ސުވަރުގެ ދެއްވުން އެދި އަދި ނަރަކައި ސަލާމަތްކޮށްދެއްވުން އެދި ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ އެކަމަށް الله އަށް ދުޢާ ދެންނެވުމެވެ.

ސުވަރުގެއަށް އެދި 3 ފަހަރު ދެންނެވުމުން ސުވަރުގެ ދަންނަވަނީ ކީކޭކަން އެނގިލައްވާތޯއެވެ؟

ރަސޫލު الله ޞައްލަالله ޢަލައި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((مَنْ سَأَلَ اللَّهَ الجَنَّةَ ثَلاَثَ مَرَّاتٍ قَالَتِ الجَنَّةُ: اللَّهُمَّ أَدْخِلْهُ الجَنَّةَ، وَمَنْ اسْتَجَارَ مِنَ النَّارِ ثَلاَثَ مَرَّاتٍ قَالَتِ النَّارُ: اللَّهُمَّ أَجِرْهُ مِنَ النَّارِ))

 [رواه الترمذي (2572) والنسائي (5521)، وهو حديث صحيح، صححه الشيخ الألباني رحمه الله في صحيح الجامع (6275)]

މާނައީ: “ސުވަރުގެއަށް އެދި ﷲ ގެ ޙަޟްރަތުގައި ތިން ފަހަރު ދަންނަވައިފިމީހާ ދަންނާށެވެ. ސުވަރުގެ ދަންނަވައެވެ. “އޭ ﷲ! އޭނާ ސުވަރުގެ ވައްދަވައިދެއްވާނދޭވެ!

އަދި ނަރަކައިން ރައްކާތެރިކޮށްދެއްވުން އެދި (ﷲ ގެ ޙަޟްރަތުގައި) ތިން ފަހަރު ދަންނަވައިފިމީހާ ދަންނާށެވެ. ނަރަކަ ދަންނަވައެވެ. އޭ ﷲ! އޭނާ ނަރަކައިން ރައްކާތެރިކުރައްވާނދޭވެ!”

 

އޭ ﷲ! އަޅަމެން ސުވަރުގެއަށް ވައްދަވާންދޭވެ!

އޭ ﷲ! އަޅަމެން ސުވަރުގެއަށް ވައްދަވާންދޭވެ!

އޭ ﷲ! އަޅަމެން ސުވަރުގެއަށް ވައްދަވާންދޭވެ!

އޭ ﷲ! އަޅަމެން ނަރަކައިން ސަލާމަތްކޮށްދެއްވާންދޭވެ!

އޭ ﷲ! އަޅަމެން ނަރަކައިން ސަލާމަތްކޮށްދެއްވާންދޭވެ!

އޭ ﷲ! އަޅަމެން ނަރަކައިން ސަލާމަތްކޮށްދެއްވާންދޭވެ!

 

0
  1. ޝުޢައިބު

    آمين

  2. ޚާލިދު

    އާމީން

  3. ސަލްމާ

    آمين يارب العالمين

  4. Ameen

  5. آمين يارب العالمين

  6. آمين

  7. آمين يارب العالمين

  8. Aameen

  9. Mohamedrasheed

    Aameen

  10. Aameen, Aameen, Aameen

  11. Aameen….

  12. Aameen

  13. Aameen