ޒުވާނުންނޭވެ! މަރަކީ ޢުމުރެއް ދަންނަ އެއްޗެއް ނޫނެވެ. ދުނިޔެވީ މަޖަލާއި އުފަލުގެ ތެރެއަށް ޣަރަޤުވެ ނުގަންނާށެވެ. ޝައިޠާނީ މަޅިތަކުގައި ނުޖެހޭށެވެ. އޭނަގެ ދުންމާރިއަށް ނުނަށާށެވެ. އެކަމުގައި އަވަދިނެތި އުޅެނިކޮށް މަރުވެއްޖެނަމަ، ހިތާމައިގެ ކޮޅެއް ނެތެވެ.
މާތް ﷲ ގެ މަގުގައި ޘާބިތުވާށެވެ. އަމުރުފުޅުތަކަށް ބޯލަނބާށެވެ. ނަހީތަކުން ދުރުވާށެވެ. ޒުވާން ޢުމުރު މާތް ﷲ އަށް ކިޔަމަންތެރިވުމުގައި ހޭދަކޮށްފި ޒުވާނާއަށް އަރުޝީގެ ހިޔާވަހިކަންވެއެވެ.