Uncategorized
ފަތިސްނަމާދުގެ އަހުލުވެރިންނަކީ އެމީހުންގެެ ވަޤުތުގައި ބަރަކާތްލެއްވިގެންވާ ބައެއް

ފަތިސްނަމާދުގެ އަހުލުވެރިންނަކީ އެމީހުންގެ ވަޤުތުގައި ބަރަކާތްލެއްވިގެންވާ ބައެއް ކަމަށް ޝެއިޚް ޝާފިޢު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ ‏”ފަތިސްނަމާދުގެ އަހުލުވެރިންނަކީ ރައްކާތެރިކުރެވިގެންވާ ބައެކެވެ. އެމީހުންގެ ނަފްސުތަކަށް ހަމަޖެހުން ލިބޭ ބައެކެވެ. އެމީހުންގެ ހަށިތަކަށް ހީވާގިކަން ލިބޭ ބައެކެވެ.”

އަދި މީގެ އިތުރަށް އެމީހުންނަކީ އެމީހުންގެ ވަޤުތުގައި ބަރަކާތްލެއްވިގެންވާ ބައެއް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

އެބޭފުޅާ ކުރައްވާފައިވާ އިތުރު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ “‏ފަތިސް ވަޤުތު ނިމި ދުނިޔެ މައްޗަށް އިރު އެރުމުގެ ކުރިން، ފަތިސް ނަމާދު ކުރާ މީހާގެ ޙަޔާތަށް ބާއްޖަވެރިކަމުގެ އިރު އަރަން ފަށާ” ކަމުގައެވެ.

ވަރަށްވެސް ތެދު ވާހަކަތަކެކެވެ. އަޅަމެން އެންމެންނަކީ ފަތިސްނަމާދަށް ރައްކާތެރިވާ ބަޔަކުކަމުގައި ލައްވާނދޭވެ! އާމީން

0